ފުވައްމުލަކު ސިޓީގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ރޯވެފައިވާ އަލިފާން ނިއްވާލައިފި

ފުވައްމުލަކު ސިޓީގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ރޯވެފައިވާ އަލިފާން ނިއްވާލައިފި

Author
ހުސައިން
06 ނޮވެމްބަރ 2024 10:41
0

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް އަދި ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ގުޅިގެން، ފުވައްމުލަކު ސިޓީގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ރޯވެފައިވާ އަލިފާން ނިންމާލާއިފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިންގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 9:40 ގައެވެ. އަދި ވަގުތުން ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިއެވެ. ގާތްގަނޑަކަށް 6 ގަޑިއިރުގެ މަސައްކަތަށްފަހު، މެންދުރުފަހު 3:45 ގައި އަލިފާން ވަނީ ފުރިހަމައަށް ނިއްވާލެވިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަން އެމްއެންޑީއެފުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.