އެޗްޑީސީގެ ޗެއާމަންގެ މަގާމަށް ނާސިފް އައްޔަން ކޮށްފި

އެޗްޑީސީގެ ޗެއާމަންގެ މަގާމަށް ނާސިފް އައްޔަން ކޮށްފި

Author
ހުސައިން
06 ނޮވެމްބަރ 2024 07:54
0

ދައުލަތުގެ އެންމެ މުއްސަނދި އެއް ކުންފުނި ކަމުގައިވާ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަގާމަށް، އެ މަގާމު ހުސްވެފައި އޮތްތާ ފަސް މަސްދުވަސް ފަހުން މިއަދު އައު ބޭފުޅަކު އައްޔަންކޮށްފިއެވެ.

މި މަގާމަށް އައްޔަންކުރި ނާސިފް އަކީ، މި ސަރުކާރުގައި ކުރިން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗެއާމަންކަން ކުރެއްވި ބޭފުޅެކެވެ. ނާސިފްއަކީ ޕީޕީއެމްގެ ސެނެޓަރެއް ކަމަށްވެފައި، ރައީސް އަބްދުﷲ ޔާމީންއަށް ސަޕޯޓުކުރާ ޗެނަލް 13 ޓީވީގެ މައި ކުންފުނި، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ އެއް ހިއްސާދާރު އަދި މެނޭޖިން ޑިރެކްޓަރެވެ.

އެޗްޑީސީގެ ޗެއާމަންކަމުގެ މަގާމު ހުސްވެފައިވަނީ، މި އަހަރުގެ މެއި 22 ވަނަ ދުވަހު އެ މަގާމުގައި ހުންނެވި އަހުމަދު ޒުހޫރު ވަކިކުރެއްވުމާ ގުޅިގެންނެވެ. އަދި މިވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗެއާމަންކަމުގެ މަގާމު އަދިވެސް އޮތީ ހުސްކޮށެވެ.

އެމްއޭސީއެލްގެ ޗެއާމަންކަމުގެ މަގާމު ހުސްވެފައިވަނީ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މިއަހަރުގެ ފެބްރުއަރީ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.