ކުޅުދުއްފުށި ސިޓީގެ ގެއެއްގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެ

ކުޅުދުއްފުށި ސިޓީގެ ގެއެއްގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެ

Author
ހުސައިން
01 ނޮވެމްބަރ 2024 11:08
0

ކުޅުދުއްފުށި ސިޓީގެ 'ސަމޭދާނު' ގޭގައި މިރޭ ގާތްގަނޑަކަށް 21:00 ހާއިރު އަލިފާން ރޯވެ، އެގެ އެއްކޮށް އަނދައި ހުލިވެއްޖެއެވެ. ފިލާ ބޭނުންކޮށްގެން ހަދާފައިވާ މި ގޭގައި އުޅޭ ދެ ފިރިހެނުންކުރެ އެއްވެސް މީހަކު އަލިފާން ރޯވި ވަގުތު އެތަނުގައި ނެތުމުން، އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާއެއް ވެފައެއް ނުވެއެވެ.

ސިފައިންގެ ފަރާތުން ވަނީ ގާތްގަނޑަކަށް 22:00 އެހާއިރު މި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ދެ މީހުންނަށް ވަގުތީ ހިޔާވަހިކަން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.