ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އިސްތިއުފާ ދެއްވައިފި

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އިސްތިއުފާ ދެއްވައިފި

Author
ހުސައިން
01 ނޮވެމްބަރ 2024 02:44
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން މިއަދު އެ މަޤާމުން އިސްތިއުފާ ދެއްވައި، ބޭންކުގެ ވަޒީފާއިން ވަކިވެވަޑައިގަތުމަށް ނިންމަވައިފިއެވެ. މި މައުލޫމާތު ގައުމީ ބޭންކުން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

އާއިޝަތަކީ 1982 ގައި ބީއެމްއެލް އުފެދުނީއްސުރެ އެ ބޭންކުގައި ޚިދުމަތްކުރައްވަމުން ގެންދެވި ބޭފުޅެކެވެ. މިހާތަނަށް އޭނާ ވަނީ 42 އަހަރަށްވުރެ ގިނަ ދުވަހު ބޭންކަށް ޚިދުމަތްކުރައްވާފައެވެ. އާއިޝަތު އިސްތިއުފާ ދެއްވުމުގެ ކުރިން، އޮގަސްޓް މަހުގެ ތެރޭގައި ބޭންކުގެ ބޯޑުން ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

މިހާރު ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީގެ މަޤާމު ފުރުއްވަމުން ގެންދަވަނީ ކުރިން ޑެޕިއުޓީ ސީއީއޯގެ މަޤާމު އަދާކުރެއްވި މުހައްމަދު ޝަރީފެވެ. އޭނާއަކީ އެ ބޭންކުގެ ފުރަތަމަ ދިވެހި ސީއީއޯއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.