ފަރުވާއަށްފަހު އަބުދުއްރަހީމް ހޮސްޕިޓަލުން ދޫކޮށްލައިފި

ފަރުވާއަށްފަހު އަބުދުއްރަހީމް ހޮސްޕިޓަލުން ދޫކޮށްލައިފި

Author
ހުސައިން
30 އޮކްޓޯބަރ 2024 08:09
0

ފަރުވާ އަށް ފަހު މަޖިލިސް ރައީސް އަބުދުއްރަހީމް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

އަބްދުލްރަހީމް ދަރުމަވަންތަ ހޮސްޕިޓަލުގައި އިއްޔެ ހަވީރު އެޑްމިޓް ކުރީ ދިމާވި ކުއްލި ސިއްޙީ އާލާސްކަންފުޅަކާއި ގުޅިގެންނެވެ. އަދި އެޑްމިޓް ކޮށްފައިވަނީ އޮބްޒަވޭޝަނަކަށް ކަމަށް އެނގިފައި ވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުލްރަހީމް ހޮސްޕިޓަލުން ދޫކޮށްލާފައި ވަނީ ރޭ 10:00 ހާއިރުއެވެ.

އަބްދުލްރަހީމް އަކީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޗެއާޕާސަން ވެސް މެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.