އީސީއާއި އޭސީސީގެ އިސްވެރިން އައްޔަނުކުރުމުގެ ބާރު ރައީސަށް ދިނުމަކީ ޚުދުމުޚުތާރު ވެެރިކަމެއް ހިންގުމަށް ކުރާކަމެއް: ޝާހިދު

އީސީއާއި އޭސީސީގެ އިސްވެރިން އައްޔަނުކުރުމުގެ ބާރު ރައީސަށް ދިނުމަކީ ޚުދުމުޚުތާރު ވެެރިކަމެއް ހިންގުމަށް ކުރާކަމެއް: ޝާހިދު

Author
ހުސައިން
28 އޮކްޓޯބަރ 2024 11:55
0

އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އިސްވެރިން އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ހުށަހަޅާފައިވާ ބިލަކީ ޑިމޮކްރަސީ ނައްތާލުމަށް އަމާޒުކޮށްފައިވާ ސިއްރު އެޖެންޑާއެއްގެ ބައެއް ކަމަށް އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ މިއީ 2008 ވަނަ އަހަރުގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަން ޑިމޮކްރެޓިކް ނިޒާމު ނައްތާލައި، އެންމެހައި ބާރުތައް ވެރި މީހާގެ މުށުތެރެއަށް ޖަމާކޮށް، ޚުދުމުޚްތާރު ވެރިކަމެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

އަދި މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާކަމަށް ފާހަގަކުރައްވައި، ރާއްޖެ ބަލައިގެންފައިވާ މިނިވަން ޑިމޮކްްރަޓިކު ނިޒާމު ގަޑުބަޑު ކުރުން ވަގުތުން ހުއްޓާލުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.

މި ބިލުގެ ދަށުން އިލެކްޝަންސް ކޮމިޝަނާއި އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަނުކުރުމަށްފަހު އެ ނަންތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.