އަދާލަތު ޕާޓީގެ ނާއިބު ރައީސްކަމުގެ މަޤާމަށް ދެބޭފުޅަކު އިންތިޚާބު ކޮށްފި

އަދާލަތު ޕާޓީގެ ނާއިބު ރައީސްކަމުގެ މަޤާމަށް ދެބޭފުޅަކު އިންތިޚާބު ކޮށްފި

Author
ހުސައިން
27 އޮކްޓޯބަރ 2024 05:52
0

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ 36 ވަނަ ޖަލްސާއިން ޕާޓީގެ ނާއިބު ރައީސްކަމުގެ މަޤާމަށް ދެބޭފުޅަކު އިންތިޚާބު ކޮށްފިއެވެ.

އެގޮތުން އެޕާޓީގެ ނައިބު ރައީސްކަމަށް އައްޔަން ކުރި ދެބޭފުޅުންނަކީ. އަބްދުﷲ ރަޝީދާއި މުހައްމަދު ޝިފާންއެވެ. އަދި ހަމަމިއާއެކު، ޕާޓީގެ ޚަޒާންދާރުކަމުގެ މަޤާމަށް ހުސައިން އަންސާރު އިންތިޚާބުކުރުމަށްވެސް ވަނީ ނިންމާފައެވެ.

އަދާލަތު ޕާޓީއަކީ ކުރީގެ ސަރުކާރުގެ ކޯލިޝަން ބައިވެރިއެއް ކަމަށްވާއިރު، އޭރުގެ ސަރުކާރުގެ ދައުރު ނިމެންދެން ހޯމް މިނިސްޓަރުކަން ކުރެއްވީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ. އަދި ރައީސް ސާލިހުގެ ވެރިކަމުގައި އަދާލަތު ޕާޓީގެ އެހެން ބޭފުޅުންވެސް ވަނީ ސަރުކާރުގެ އިސް މަގާމްތައް ފުރުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.