ވެމްކޯގެ "ފައްޓަމާ" އާއިލީ ހަވީރަށް މަޖިލިސް ރައީސް ފޮނަދޫއަށް ވަޑައިގެންފި

ވެމްކޯގެ "ފައްޓަމާ" އާއިލީ ހަވީރަށް މަޖިލިސް ރައީސް ފޮނަދޫއަށް ވަޑައިގެންފި

Author
ހުސައިން
25 އޮކްޓޯބަރ 2024 06:40
0

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ލ. ފޮނަދޫގައި މިއަދު ބޭއްވި އާއިލީ ހަވީރު ޝަރަފުވެރިކޮށްދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެރަށަށް ވަޑައިގެންފިއެވެ.

އަބުދުއްރަހީމްގެ އުފަން ރަށް ކަމަށްވާ ފޮނަދޫއަށް ވަޑައިގެންނެވި އިރު، އަރިހުގައި ސަރުކާރުގެ އޮފިޝަލަކު ނުވަތަ މަޖިލީހުގެ މެންބަރަކު ވަޑައިގެންނެވިކަން އަދި ސާފެއް ނުވެއެވެ.

ލ. އަތޮޅުގައި ސިޔާސީ ގޮތުން އެންމެ ނުފޫޒުގަދަ އެއް ފަރާތް ކަމުގައިވާ އަބްދުއްރަހީމް އަބްދުﷲ ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފޮނަދޫ ދާއިރާ ތަމްސީލުކުރައްވާފައެވެ.

ފޮނަދޫ ސްކޫލު ސަރަހައްދުގައި "ފައްޓަމާ" ގެ ނަމުގައި ބޭއްވި މި ހަވީރަކީ، ވެމްކޯގެ ހިދުމަތްތައް އެރަށުގައި ފެށުމުގެ ގޮތުން ބޭއްވުނު ހަރަކާތެކެވެ.

ވެމްކޯގެ ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، މިއީ ފުލުހުންނާއި، ފެނަކަ، އަދި އެމްޓީސީސީގެ އިތުރުން ފުނަދޫ އަދި ލ. އަތޮޅުގެ ސަރުކާރު އޮފީސްތަކާއި އިދާރާތައް ގުޅިގެން ކުރިޔަށް ގެންދިޔަ ހަވީރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.