ފަރު މަސްވެރިކަން ކުރަން ނުކުމެ އުޅުނިކޮށް، މީހުންނާއެކީ ބަންޑުން ޖަހާލި ޑިންގީއެއް ސަލާމަތް ކޮށްފި

ފަރު މަސްވެރިކަން ކުރަން ނުކުމެ އުޅުނިކޮށް، މީހުންނާއެކީ ބަންޑުން ޖަހާލި ޑިންގީއެއް ސަލާމަތް ކޮށްފި

Author
ހުސައިން
25 އޮކްޓޯބަރ 2024 12:56
0

މިއަދު ހެނދުނު ފަރު މަސްވެރިކަން ކުރަން ނުކުމެ އުޅުނު ބަޔަކު ތިބި ޑިންގީއެއް ބަންޑުން ޖަހާލިކަމުގެ މައުލޫމާތު ހެނދުނު 06:11 ގައި ލިބުމާ ގުޅިގެން، އެމްއެންޑީއެފްގެ މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެންޓަރުން އެ ޑިންގީ ހޯދުމުގެ މަސައްކަތް ފަށާ، ޑިންގީ ހޯދައިފިއެވެ.

އެމްއެންޑީއެފްއިން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ  މި ޑިންގީ ހޯދާފައިވަނީ ހެނދުނު 09:32 ހާއިރުއެވެ.

ނަމަވެސް އެ ޑިންގީގައި ތިބި މީހުންގެ އަދަދާއި އެއީ ކޮން ރަށެއްގެ ބައެއްކަން އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.