ސަރުކާރުގެ ހިޔާވަހި ފައިނޭންސިން ސްކީމުގައި ބީއެމްއެލްއިން ބައިވެރިވެއްޖެ

ސަރުކާރުގެ ހިޔާވަހި ފައިނޭންސިން ސްކީމުގައި ބީއެމްއެލްއިން ބައިވެރިވެއްޖެ

Author
ހުސައިން
24 އޮކްޓޯބަރ 2024 03:23
0

ބީއެމްއެލް އިން ސަރުކާރުގެ ހިޔާވަހި ފައިނޭންސިން ސްކީމުގެ ބައިވެރިއެއްގެ ގޮތުގައި ހައުސިން މިނިސްޓްރީއާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މި އެމްއޯޔޫގައި ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރެއްވީ ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

ހައުސިން މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގައި ބޯހިޔާވަހިކަން ހޯދުމަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެކެވެ. އަދި މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސްކީމުގެ ދަށުން ދެ ކެޓަގަރީއަކަށް ލޯނު ދޫކުރެވޭނެއެވެ. މާލެ ސަރަހައްދާއި އާބަން ސެންޓަރުތަކުގައި ދިރިއުޅޭ ފަރާތްތަކަށް 3 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭއިރު، އެހެނިހެން ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް 1 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވޭނެއެވެ. މި ދެ ކެޓަގަރީގެ ދަށުން ދޫކުރެވޭ ލޯނުތައް އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.