ހުއްދަ ނުހޯދައި ބޮޑުހިލަ ޖަހައިގެން ހުރަވަޅި ރިސޯޓު 20،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ހުއްދަ ނުހޯދައި ބޮޑުހިލަ ޖަހައިގެން ހުރަވަޅި ރިސޯޓު 20،000 ރުފިޔާއިން ޖޫރިމަނާކޮށްފި

Author
ހުސައިން
24 އޮކްޓޯބަރ 2024 12:03
0

އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީން މިދިޔަ ހޯމަ ދުވަހު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ހުރަވަޅި ރިސޯޓު 20،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މި ޖޫރިމަނާ ކޮށްފައިވަނީ ތިމާވެއްޓަށް އަސަރު ކުރާނެ މިންވަރު ދަނެގަންނަ ރިޕޯޓު ނުހަދައި، ހުއްދަ ނުހޯދައި ރަށުގެ އިރުމަތީ ފަރާތުން ފަޅު ތެރޭގައި ބޮޑުހިލަ ޖެހުމުގެ މަސައްކަތް ކުރުމުންނެވެ.

އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ހާމަކުރި ގޮތުގައި މިފަދަ ކުށެއް އެ ރިސޯޓުން ކުރީ މިއީ ފުރަތަމަ ފަހަރަށް ކަމަށްވުމާއެކު، އެހާ ކުޑަ އަދަދަކުން ޖޫރިމަނާ ކުރުމަށް ނިންމާފައިވަނީއެވެ. އަދި އެ ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ރިސޯޓަށް އަންގާފައިވާ ކަމަށްވެސް އެ އެޖެންސީން މައުލޫމާތު ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.