ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރީ 26 އަހަރުގެ ބިދޭސީއެއް

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރީ 26 އަހަރުގެ ބިދޭސީއެއް

Author
ހުސައިން
24 އޮކްޓޯބަރ 2024 10:40
0

އަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި 26 އަހަރުގެ ބިދޭސީއެއް އިއްޔެ ކޯޓު އަމުރަކާއެކު ހައްޔަރުކޮށްފިއެވެ. މި މައްސަލަ މިދިޔަ އަންގާރަ ދުވަހު ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން މިހާރު ދަނީ ތަޙްޤީޤު ކުރަމުންނެވެ.

ކުޑަކުދިންނާ ގުޅޭ މިފަދަ ނާޒުކު މައްސަލަތަކުގައި އަމަލުކުރާ އުސޫލުގެ ދަށުން، ކުއްޖާގެ އައިޑެންޓިޓީ ސިއްރުކުރުމުގެ ގޮތުން ހާދިސާ ހިނގި ރަށާއި އަތޮޅުގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާ ރިޕޯޓުކުރެވުނު ދުވަސްވަރު، އެހެން މައްސަލައެއްގައި ސްކޫލެއްގެ މުދައްރިސަކު ފިރިހެން ދަރިވަރުންނާއެކު އެކުދިންގެ އުމުރާ ނުގުޅޭ ވާހަކަތައް ދައްކައި، ގްރޫމްކުރުމުގެ އަމަލުތަކެއް ހިންގިކަމުގެ ތުހުމަތުތަކެއްވެސް ވަނީ ކުރިމަތިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.