ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމަށް މިއަދު މަޖިލިހުގެ ޖަލްސާއެއް ބާއްވަނީ

ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމަށް މިއަދު މަޖިލިހުގެ ޖަލްސާއެއް ބާއްވަނީ

Author
ހުސައިން
24 އޮކްޓޯބަރ 2024 10:26
0

މިއަދު ރައްޔިތުންގެ މަޖިލީހުގައި މި އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމަށް ޖަލްސާއެއް ބޭއްވުމަށް ހަމަަޖައްސައިފިއެވެ. މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 11:00 ގައި ކަމަށް މަޖިލީހުން އާންމުކުރި ތާވަލުގައި ވެއެވެ.

ޖަލްސާގައި ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމަށްފަހު، އެ ބަޖެޓުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި، ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމަންޖެހޭ ކަންކަމަށް ވޯޓަށް އެހުމަށްވެސް ވަނީ ތާވަލު ކުރެވިފައެވެ.

އެނގިފައިވާ ގޮތުގައި މި އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި 5.11 ބިލިއަން ރުފިޔާ ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ބަޖެޓް ހުށަހަޅާއިރު، ޚަރަދުކުރުމަށް ނިންމާފައިވާ ދާއިރާތައް އިއުލާންކުރެވޭނެއެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ކުރިން ވިދާޅުވެފައިވަނީ މި އަހަރު ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅުއްވާނެ ކަމަށާއި، އެ ބަޖެޓް ފަސް ބިލިއަން ރުފިޔާގެ ތެރޭގައި ހިފެހެއްޓުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

މި އަހަރަށް މިހާރު ފާސްކޮށްފައިވާ 49.8 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާއެކު، ފަސް ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް އިތުރުކުރެވިއްޖެނަމަ، މި އަހަރުގެ ޖުމްލަ ބަޖެޓު 55 ބިލިއަން ރުފިޔާއާ ގާތްކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.