ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފި

ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފި

Author
ހުސައިން
23 އޮކްޓޯބަރ 2024 10:51
0

މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ މާލޭގައި ކުރިއަށް ގެންދިޔަ ރެއިޑެއްގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި ރެއިޑަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި ދެ ތަނެއް ބަލައި ފާސްކުރުމަށްފަހު، ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފަށް އުޅެމުންދިޔަ މި ދެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ހާމަކުރެއްވި ގޮތުގައި، ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މި އަހަރު އަމާޒުކޮށްފައިވަނީ 5000 ބިދޭސީން އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލުމަށެވެ. އަދި މިހާތަނަށް ޤަވާއިދާ ޚިލާފަށް އުޅުނު 4361 ބިދޭސީން ވަނީ އެމީހުންގެ ޤައުމަށް ފޮނުވާލެވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.