ވޭޕް މަނާކޮށް، ދުންފަތާއި ދުންފަތުން އުފައްދާ ތަކެތިން ނަގާ ޓެކްސް ބޮޑުކުރާ ބިލް މަޖިލީޖަށް ހުށަހަޅައިފި

ވޭޕް މަނާކޮށް، ދުންފަތާއި ދުންފަތުން އުފައްދާ ތަކެތިން ނަގާ ޓެކްސް ބޮޑުކުރާ ބިލް މަޖިލީޖަށް ހުށަހަޅައިފި

Author
ހުސައިން
22 އޮކްޓޯބަރ 2024 11:30
0

ވޭޕް މަނާކޮސް ދުންފަތުން ނަގާ ޓެކްސް ބޮޑުކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް މުހިންމު އިސްލާހެއް މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު (އިއްބެ ޖަނާބު)އެވެ.

މި އިސްލާހުގެ މައިގަނޑު މަގްސަދަކީ ދުންފަތާއި ދުންފަތުން އުފައްދާ ތަކެތިން ނަގާ ޓެކްސް އިތުރުކުރުމެވެ. އަދި މީގެ އިތުރުން އީ-ސިނގިރޭޓާއި ވޭޕް ފަދަ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާކުރެވެންދެން، އެތަކެތިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށްވެސް ވަނީ ހުށަހަޅުއްވާފައެވެ.

މި އިސްލާހުގައި އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ދަށުން ނެގޭ އިމްޕޯޓް ޑިއުޓީއާއި، ރޯޔަލްޓީ އަދި ރެވެނިއު ފީ މަޢާފްކުރެވޭނެ ހާލަތްތަކާއި އުސޫލުތަކަށްވެސް ބަދަލުތަކެއް ގެނައުމަށް ވަނީ ހުށަހަޅުއްވާފައެވެ. އިއްބެ ވަނީ މި ބިލުގެ މަސައްކަތް އަވަހަށް ނިންމުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެކުރުން 15 ނޮވެމްބަރު 2024 އިން ފެށިގެން މަނާކުރުމަށް ނިންމަވާފައެވެ.

އަދި ދުންފަތުގެ ބާވަތްތައް ގަނެވިއްކޭނެ އެންމެ ހަގު އުމުރު 21 އަހަރަށް އުފުލުމަށްވެސް ވަނީ ނިންމަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.