އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރުމަށް، ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތް ދަނީ ކުރިޔަށް: ތޯރިގް

އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރުމަށް، ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތް ދަނީ ކުރިޔަށް: ތޯރިގް

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓަރ ތޯރިގް އިބްރާހިމް މަޖިލީހުގައި ވިދާޅުވެއްޖެއެ،ވެ.

މިހާރު އައްޑޫ ސިޓީގެ ސެންޓްރަލް ޕަވަރ ހައުސްގެ ކެޕޭސިޓީއަކީ 12.1 މެގަވޯޓް ކަމަށާއި، ޕީކް ޑިމާންޑްގައި 12.2 މެގަވޯޓަށް އަރާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ވަގުތު 13 ޖެނެރޭޓަރު ބޭނުންކުރަމުންދާއިރު، އޭގެ ތެރެއިން ދެ ޖެނެރޭޓަރު އޯވަރހޯލްކުރުމުގެ މަސައްކަތްވެސް ކުރެވެމުންދެއެވެ.

މީގެއިތުރުން، އައްޑޫ ސިޓީއަށް 1.2 މެގަވޯޓްގެ އިތުރު ޖެނެރޭޓަރެއް ހޯދުމަށް ބީލަން ހުޅުވާލެވި، އެ ބީލަން ބަލައިގަތުމުގެ މަސައްކަތް ފެނަކައިން ކުރިއަށް ގެންގޮސްފައިވާކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.

އަދި 32 މެގަވޯޓްގެ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތަކީ ކުރިން ރަނގަޅު ޕްލޭނެއް ނެތި ފެށިފައިވާ ޕްރޮޖެކްޓެއްކަމަށްވާތީ، އަލުން ޕްލޭންކޮށް ޓެންޑަރކޮށްގެން ބަޔަކާ ހަވާލުކުރެވިފައިވާ ކަމަށާއި، މިއީ ބޮޑު ހޭދައެއް ކުރަންޖެހޭ މަޝްރޫޢަކަށްވާތީ ފައިނޭންސިންގ ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އައްޑޫ ސިޓީގައި ސޯލަރ ޕެނަލް ހަރުކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށާއި، މި މަސައްކަތް ނިމުމުން ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި ރަށުގައި ޤާއިމުކުރެވިފައިވާ ވޭސްޓް ހީޓް އިންސިނެރޭޓަރ ސިސްޓަމް ޓެސްޓުކުރެވި، މި އަހަރުގެ ފަހުކޮޅު ބޭނުންކުރަން ފެށުމުން އިތުރު ކަރަންޓު އުފެއްދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ރައްޔިތުން ފާހަގަކުރާ ގޮތުގައި، ކަރަންޓު ކެނޑުމުގެ މައްސަލައަކީ އެއްވެސް ސަރުކާރަކުން އެކަށީގެންވާ ހައްލެއް ގެނެސްދެވިފައިނުވާ، ދިގު މުއްދަތެއް ވަންދެން ދިމާވަމުންދާ މައްސަލައެކެވެ. މިހާރުވެސް އެކި ގަޑިތަކަށް ބަހާލައިގެން ކަރަންޓު ކެނޑެމުންދާއިރު، މީގެ ސަބަބުން އާންމު ރައްޔިތުންނަށް ގިނަގުނަ ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *