އެމްއެސްޕީއޭގެ ފިލްމު އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްއެސްޕީއޭގެ ފިލްމު އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

Author
ހުސައިން
20 އޮކްޓޯބަރ 2024 08:35
0

އެމްއެސްޕީއޭ (މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް) އިން އެ ޖަމިއްޔާގެ ފިލްމު އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އެވޯޑަކީ ދިވެހި ފިލްމު ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރުދީ، އެ ފަރާތްތަކުގެ އުފެއްދުންތެރިކަމަށް އަގުވަޒަންކޮށް، އަދި ވާދަވެރި މާޙައުލެއްގައި ފެންވަރު ރަނގަޅު އުފެއްދުންތަކެއް އުފެއްދުމަށް ބާރުއަޅާ އެވޯޑެކެވެ.

2018 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ދެއްކިފައިވާ ފީޗަރ ފިލްމުތަކަށް މި އެވޯޑަށް ކުރިމަތިލެވޭނެއެވެ. އެމްއެސްޕީއޭއިން ހާމަކުރި ގޮތުގައި، މި އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހުން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި އެވޯޑު ހަފްލާ ބާއްވާނީ ފެސްޓިވަލަކާ އެކުގައި ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ޖުމުލަ 29 ކެޓަގަރީއަކުން މި އެވޯޑަށް ކުރިމަތިލެވޭނެއެވެ. އެމްއެސްޕީއޭ އަކީ ރާއްޖޭގެ ނަންދެވިފައިވާ ފިލްމީ ތަރި، މުޙައްމަދު ރަޝީދު (ދަރާ) އިސްކޮށް ހުންނަވައިގެން ހިންގާ ޖަމިއްޔާއެކެވެ. މި އެވޯޑު މެދުވެރިކޮށް ދިވެހި ފިލްމު ސިނާއަތު އިތުރަށް ކުރިއެރުވުމަށް މަގުފަހިވާނެ ކަމަށް އުންމީދު ކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.