ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މާލިއްޔާ ބެލެހެއްޓުމުގައި ހުރި މައްސަލަތައް ފާހަގަކޮށް، އެ މައްސަލަތައް ބެލުމަށް ނިންމާފައިވާކަމަށް އަލަށް އައްޔަން ކުރެވުނު ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ކުރީގައި ގަވާއިދުން ނެރެމުންދިޔަ ހަފުތާގެ މާލީ ބަޔާން ނެރުން ހުއްޓާލި ސަބަބު ބަޔާންކުރަމުން، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގެ ހިސާބުތައް ރަނގަޅަށް ރެކޯޑުނުކޮށް އަހަރުން އަހަރަށް ބަދަލުކުރަމުން ގޮސްފައިވާ ކަމުގައެވެ. މިކަން ހައްލުކުރުމަށް އޮޑިޓަރ ޖެނެރަލްގެ ލަފާ ހޯދަން ނިންމާފައިވާ ކަމަށް ޒަމީރު ހާމަކުރެއްވިއެވެ.
މި މައްސަލަތަކުގެ ތެރޭގައި ފާއިތުވި އަހަރުގެ ފަންޑަޑް ޕްރޮޖެކްޓްތަކުގެ ޚަރަދުތައް މިހާރުގެ އަހަރުގައި ރެކޯޑުކުރުމާއި، ނިމިފައިވާ ބިލުތައް މި އަހަރުގައި ރެކޯޑުކުރުމާއި، އަދި ގަސްތުގައި ބަޖެޓު ތައްޔާރުކޮށް ފާސްކޮށްފައިވާ ގޮތުގައި މައްސަލަތައް ހުރިކަން ފާހަގަކުރެވިފައިވެއެވެ. މި މައްސަލަތަކުގެ ސަބަބުން ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާގެ ފަރަގެއް އުފެދިފައިވާކަން ފާހަގަކުރެވިފައިވާކަމަށްވެސް މޫސާ ޒަމީރު ވިދާޅުވިއެވެ.
އެހެން ނަމަވެސް، މިނިސްޓްރީގައި މިކަހަލަ ޑައިރެކްޓް ޑިސްބަރސްމަނަޓްތައް ރިކޯޑު ކުރަމުން އައިސްފައިވާ އުސޫލުގެ ސަބަބުން، އެ ހަރަދެއް ހިނގާފައިވާ އަހަރު ނޫން އެހެން އަހަރުތަކުގައި ވަނީ ރެކޯޑްކުރަމުން ގޮސްފައި އަދި މިދިޔަ ރިޔާސީ ދައުރުގައި މިކަން ވަނީ ބަޖެޓު މެނޭޖުކޮށް ސަޕްލިމަންޓް ކުރާ ގޮތާވެސް ގުޅުވާފައި އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ހިނގާފައިވާ ޚަރަދަށް މި އަހަރުގެ ޖަނަވަރީ މަހުގައި އެތައް ސަތޭކަ މިލިއަނުން ނުވަތަ ބިލިއަނުން ރެކޯޑްކޮށް، ދައުލަތުގެ ފިސްކަލް އެކައުންޓްސް އޮޅުވާލާކަށް ނުޖެހޭނެ.
ޒަމީރު ވިދާޅުވި އެވެ.
ޒަމީރު އިތުރަށް ވިދާޅުވީ ފަންޑަޑް ޕްރޮޖެކްޓްތަކަކީ ދައުލަތުގެ ދަރަނި އިތުރުވުމުގެ ފުރުސަތު އޮންނަ ކަމަކަށްވާތީ، އެ މަޢުލޫމާތު ރައްޔިތުންނަށް ހާމަކުރުމަކީ މުހިންމު ކަމެއްކަމަށެވެ. ނަމަވެސް، މިފަދަ ޚަރަދުތައް ރެކޯޑުކުރުމުގައި ގެންގުޅެފައިވާ އުސޫލުތަކުގެ ސަބަބުން، ޚަރަދު ހިނގި އަހަރު ނޫން އެހެން އަހަރުތަކުގައި ރެކޯޑުކުރަމުން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.
ކުރީގެ ރިޔާސީ ދައުރުގައި މިކަން ބަޖެޓު މެނޭޖުކުރުމާއި ސަޕްލިމެންޓްކުރުމާ ގުޅުވާފައިވާކަމަށާއި، ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގެ ޚަރަދުތައް މި އަހަރުގެ ޖަނަވަރީ މަހުގައި ސަތޭކަ މިލިއަނުން ނުވަތަ ބިލިއަނުން ރެކޯޑުކޮށްފައިވާކަން ޒަމީރު ފާހަގަކުރެއްވިއެވެ. މިއީ ދައުލަތުގެ މާލީ ހިސާބުތައް އޮޅުވާލުން ކަމުގައި ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހައްދަވާފައިވާ ގޯސްތަކުގެ ތެރޭގައި ޕްރޮޖެކްޓްތަކުގެ ސްކޯޕާ ނުބައްދަލު ކުޑަ އަދަދުތައް ބަޖެޓުގައި ހިމެނުމާއި، ވޭތުވެދިޔަ ދެ އަހަރު ތެރޭގައި އެވޯޑުކޮށް ކޮންޓްރެކްޓްކޮށްފައިވާ މަޝްރޫޢުތަކުގެ ބިލުތައް ބަޖެޓުގައި ޕޯސްޓްކުރުން ހިމެނެއެވެ. މީގެ އިތުރުން ގަސްތުގައި ޖެހިގެން އަންނަ އަހަރުގެ ޑައިރެކްޓް ޑިސްބާސްމަންޓްގެ ގޮތުގައި ވަކި ވަރެއް ހިނގާނެ ކަމަށް އަނދާޒާ ކުރެވޭ އިރު، ބަޖެޓުގައި އެކަމަށް ޖަހާފައިވާ އަދަދު ވަނީ ވިދި ވިދިގެން އަހަރުތަކެއްގައި ކުޑަކޮށް ބަޔާންކޮށް ފާސްކޮށްފައިވުން ހިމެނެ އެވެ.
ދައުލަތުން އެންމެފަހުން ވީކްލީ ފިސްކަލް ރިޕޯޓްސް ނެރުނީ މި އަހަރުގެ ޖޫން މަހުގައި ކަމަށްވާއިރު، އޭގެފަހުން އެ މަޢުލޫމާތު އާންމުކޮށްފައިނުވާކަން ފާހަގަކުރެވެއެވެ.