ބަނގުރަލުގެ މައްސަލައެއްގައި ހުޅުމާލެ އިން މީހަކު ހައްޔަރުކޮށްފި

ބަނގުރަލުގެ މައްސަލައެއްގައި ހުޅުމާލެ އިން މީހަކު ހައްޔަރުކޮށްފި

Author
އަހުމަދު
10 އޮކްޓޯބަރ 2024 04:01
0

ބަނގުރަލުގެ މައްސަލައެއްގައި ހުޅުމާލެ އިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ލަންކާ ރައްޔިތެއްކަމުގައިވާ ތަރިންދު މަހޭސްހަކަ (25އ) އެވެ.

ތަރިންދު ދުއްވި ކާރު އަމީން އެވެނިއު ކައިރިން ހުއްޓުވައި ބަލައިފާސްކުރިއިރު 28 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން، އޭނާ ދުއްވި ކާރުވަނީ ޓޯވކޮށްފައެވެ.

މި މައްސަލަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.