ދިވެހި ތާރީހާއި ތަރިކައާ ވަކިނުކުރެވޭ މުހިންމު ބަޔަކަށް އިސްލާމް ދީން ވަނީ ވެފައިވާކަމަށް އެމްޑީޕީގެ ޗެއަރޕާސަަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް، ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމްދީނަކީ ދިވެހިންނަށް ލިބުނު އެންމެ އަގުހުރި ނިޢުމަތް ކަމުގައެވެ.
އިސްލާމްދީނަކީ ދިވެހި ތާރީޚާއި ތަރިކައާ ވަކިނުކުރެވޭ މުހިންމު ބައެއްކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.
މިދުވަސް ފާހަގަ ކުރުމަށް މިއަދު ޖަލްސާއެއްވެސް ސަރުކާރުންވަނީ ބާއްވާފައެވެ. މިޖަލްސާގައިވަނީ މި ދުވަސް ފާހަގަކުރުމަށް ބޭއްވުނު ޚާއްޞަ ޖަލްސާގައި 28 ޙާފިޡަކަށް ރައީސް އިނާމު ދެއްވިއެވެ. ޙާފިޡުކަމުގެ ސަނަދު ހާސިލުކުރި ފަރާތްތަކަށް މެޑެއްޔާއި، އިނާމާއި، ހަނދާނީ ލިޔުން ދެވުނެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ.
މި ދުވަސް ފާހަގަކުރަނީ 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ ކުރީކޮޅު، އޭރުގެ ރަސްގެފާނު އިސްލާމްދީން ޤަބޫލުކުރައްވައި، ރައްޔިތުންނަށް އިސްލާމްވުމަށް އަމުރުކުރެއްވި ހަނދާނުގައެވެ.