މޫސުން ގޯސްވާނެކަމަށް ލަފާކޮށް ދެކުނުގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓެއް ނެރެފި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ދެކުނުގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓެއް ނެރެފި

Author
ޙަސަން މުޙައްމަދު
05 އޮކްޓޯބަރ 2024 09:27
0

މޫސުމާބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓެއް ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މި އެލާޓް ނެރުމާއެކު، އެ ސަރަހައްދުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެއެވެ. ފަތިހު ނެރުނު އެލާޓްގެ ވަގުތު ހަމަވުމާ ގުޅިގެން، އޭގެ މުއްދަތު މިއަދު މެންދުރު 12:30 އާ ހަމައަށް އިތުރުކޮށްފައިވެއެވެ.

މެޓް އޮފީހުގެ ލަފާގައި، މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރުމުގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.