ޗައިނާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެގައުމުގެ ރައީސަށް ޝާހިދު ތަހުނިޔާ ފޮނުއްވައިފި

ޗައިނާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެގައުމުގެ ރައީސަށް ޝާހިދު ތަހުނިޔާ ފޮނުއްވައިފި

ޗައިނާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެގައުމުގެ ރައީސަށް، އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ޝާހިދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅިވީ، ޗައިނާގެ ރައްޔިތުންގެ ޖުމްހޫރިއްޔާ އުފެދުނުތާ 75 އަހަރު ފުރުމުގެ މުހިންމު މުނާސަބަތުގައި ރައީސް ޝީ ޖިންޕިންގއަށާއި، ބޮޑުވަޒީރު ލީ ޗިއާންގ އަދި ސީޕީސީގެ މަރުކަޒީ ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރު އަދި މަރުކަޒީ ކޮމިޝަންގެ ބޭރުގެ މައްސަލަތަކާބެހޭ އޮފީހުގެ ޑިރެކްޓަރު އަދި ޚާރިޖީ ވަޒީރު ވަންގ ޔީއަށާއި، ރާއްޖޭގައި ހުންނަވާ ސަފީރު ވަންގ ލިކްސިންއަށް ހޫނު މަރުޙަބާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާ ކަމުގައެވެ.

ޝާހިދުގެ ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ މިއަދަކީ ޗައިނާގެ މުއްސަނދި ތާރީޚާއި، ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި، ސަގާފަތުގެ ކުލަގަދަކަން ރަމްޒުވާ ދުވަހެއް ކަމުގައެވެ. އަދި ރާއްޖެއާއި ޗައިނާއާ ދެމެދުގައިވާ ދުވަސްވީ ރަޙްމަތްތެރިކަމުގެ ގުޅުން ބިނާވެފައިވަނީ އެއްގައުމު އަނެއްގައުމަށް ކުރާ އިޙްތިރާމާއި، ޝެއަރކުރެވޭ ކުރިއެރުމާއި، އަދި "އެއް-ޗައިނާ" ގެ އުސޫލަށް ތަބާވުމުގެ މައްޗަށް ކަމުގައެވެ.

އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް ޗައިނާއަކީ ދިވެހިރާއްޖެއަށް މުހިންމު ބައިވެރިއެއްގެ ގޮތުގައި ދެމިހުންނާނެކަމަށް ޔަގީން ކުރައްވާކަމުގައިވެސް ޝާހިދު ވިދާޅުވެފައި ވެއެވެ.

ޗައިނާގެ ޤައުމީ ދުވަސް ފާހަގަކުރަނީ، 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުގެ މުނާސަބަތުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *