ބައެއް ރަށްތަކަށް މިރޭ ބޯކޮށް ވާރޭ ވެހޭނެ

ބައެއް ރަށްތަކަށް މިރޭ ބޯކޮށް ވާރޭ ވެހޭނެ

Author
އަހުމަދު
30 ސެޕްޓެމްބަރ 2024 08:15
0

ރާއްޖޭގެ ބައެއް ރަށްރަށަށް މިރޭ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ.

މިރޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ ރާއްޖޭގެ ބޮޑު ބަޔަަކަށް ވިއްސާރަކޮށް، ގުގުރާނެ ކަަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

އުތުރުގެ އަތޮޅުތަަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށް ލަފާ ކުރެވޭ އިރު، އެހެން ހިސާބުތަކަށް ގަޑިއަކު ހަތް މޭލާއި 17 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަަމަށް ބުނެފައިވެއެވެ.

ކަނޑުތައް އުތުރުގެ އަތޮޅުތަކަށް އާދައިގެ ވަރަކަށް މަޑުވާނެ އިރު، އެހެން ހިސާބުތަކަށް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.