ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ

ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ

Author
އަހުމަދު
30 ސެޕްޓެމްބަރ 2024 08:10
0

ހުޅުމާލޭގައި މިރޭ ހަވާ އަރުވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ހުޅުމާލެ ފަރުކޮޅުފުށީގައި މިރޭ 21:00 ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ ތިން މިނެޓަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ މި ހަރަކާތެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ރާއްޖޭގައި ބާއްވާ އެކިއެކި އިވެންޓްތަކާއި ހަފްލާތަކުގައި ސިފްކޯއިން އަންނަނީ ވިޔަފާރި އުސޫލުން ހަވާ އަރުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.