ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަނިކޮށް އަތުލައިގަތް ފަސް ބިދޭސީންގެ ތެރެއިން ދެ ބިދޭސީއަކު ޑީޕޯޓްކޮށްލައިފިއެވެ.
އިމިގްރޭޝަނުން ބުނީ މި މަހުގެ ފަސް ވަނަ ދުވަހު ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމާ ގުޅިގެން ހައްޔަރުކުރި ފަސް ދިވެހިންގެ ތެރެއިން ދެ ބިދޭސީން ޑީޕޯޓުކޮށްލީ މިދިޔަ ހަފްތާގައި ކަމަށެވެ. ޑީޕޯޓްކޮށްލާފައި ވަނީ އިންޑިއާގެ ދެ މީހުންނެވެ.
މި މައްސަލައިގައި ދެން ހިމެނޭ ބިދޭސީން ެސް ޑީޕޯޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެ ބިދޭސީން އުޅޭތަން ރެއިޑްކޮށް އަތުލައިގެން އިރު އެ މީހުން އަތުން އެތައް ލައްކަ ފައިސާއާއި ގިނަ އަދަދެއްގެ ކްރެޑިޓް ކާޑު ފެނިފައިވެއެވެ.