ރާއްޖޭގެ ބޮޑު ސަރަހައްދެއްގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، މޫސުން ގޯސްވާނެ ކަމަށް ބަލައި މޫސުމާބެހޭ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މި ސަމާލުކަން ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ފ އަތޮޅާ ހަމައަށެވެ. މި ސަމާލުކަމުގެ މުއްދަތަކީ މިއަދު ހެނދުނު 13:15 އިން ފެށިގެން 19:00 އާ ހަމައަށެވެ.
Alert white for strong winds pic.twitter.com/Ov4Xdzue7P
— Maldives Meteorology (@MetMaldives) September 25, 2024
މެޓް އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ވަގުތުތަކުގައި އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 25 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
މި ދުވަސްވަރަކީ ސްކޫލް ޗުއްޓީއާ ދިމާވެފައިވާ ދުވަސްވަރަކަށް ވުމާއެކު، ގިނަ ބަޔަކު ދަތުރުފަތުރު ކުރަން ފަށާފައިވާ ދުވަސްވަރެކެވެ. އެހެންކަމުން، ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.