ބީއެމްއެލްއަށް އާ ސީއީއޯއެއް ހޯދަން އިއުލާން ކޮށްފި

ބީއެމްއެލްއަށް އާ ސީއީއޯއެއް ހޯދަން އިއުލާން ކޮށްފި

ގުޅުންހުރި

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާ ސީއީއޯއެއް ހޯދުމަށް އިޢުލާނުކޮށްފިއެވެ.

މި މަޤާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި ކާލް ސްޓުމްކަ މި މަހުގެ 9 ވަނަ ދުވަހު އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ސްޓުމްކަގެ އިސްތިޢުފާ އައީ ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކުން ޑޮލަރުން މުޢާމަލާތް ކުރެވޭ މިންވަރު އެއްކޮށް ކަނޑާލި މައްސަލަ ހޫނުވެ، ބީއެމްއެލްއިން ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ކުރިކަމަށް ތުހުމަތުކުރެވުނުތާ މާ ގިނަ ދުވަސްތަކެއް ނުވަނީސްއެވެ.

ސައުތު އެފްރިކާއަށް ނިސްބަތްވެވަޑައިގަންނަވާ ކާލް ސްޓުމްކަ ބީއެމްއެލްގެ ސީއީއޯގެ މަޤާމަށް އައްޔަންކުރެއްވީ 2022 ވަނަ އަހަރުއެވެ. މިއަދު ހަވީރު ބޭންކުން ކުރި އިޢުލާނުގައި ވަނީ އާ ސީއީއޯއެއް ހޯދުމަށް ހުޅުވާލައިފައެވެ. މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ މަހުގެ 7 ވަނަ ދުވަހާ ހަމައަށް އޮންނާނެއެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުޠުތަކުގެ ތެރޭގައި ބޭންކިންގ އަދި ފައިނޭންސްއާ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، 15 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. މިގޮތުން، ބީއެމްއެލްއިން ވަނީ ޤާބިލު އަދި ތަޖުރިބާކާރު ފަރާތެއް މި މުހިންމު މަޤާމަށް ހޯދުމަށް މަސައްކަތް ފަށައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ