ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ނާއިފް އައްޔަންކޮށްފި

ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ނާއިފް އައްޔަންކޮށްފި

Author
އަހުމަދު
17 ސެޕްޓެމްބަރ 2024 02:18
0

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް ނާއިފް އައްޔަން ކުރައްވައިފިއެވެ.

ނާއިފް މީގެކުރިން ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. އެކަމަކު، މި ފަހުން އޭނާ އެ މަގާމުން ވަކި ކުރިއެވެ.

ވިޔަފާރީގެ ދާއިރާގައި އުޅުއްވާ ނާއިފް ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު އާ އެކުގައި ވަރަށް ގާތުން މަސައްކަތް ކުރައްވައި، އިންތިހާބު ކާމިޔާބުކޮށް ދިނުމުގައި ވެސް މުހިންމު ރޯލެއް އަދާކުރައްވައިފައެވެ. ނާއިފަކީ ރައީސް ޑރ. މުއިއްޒުގެ އިންތިހާބީ އެޖެންޓެވެ.

ނާއިފް ވަނީ މީގެ ކުރިން ލ.އަތޮޅު ކައުންސިލްގެ އިތުރުން އެސްޓީއޯ ފޮނަދޫ ބޭސް ފިހާރައިގައި ވެސް މަސައްކަތް ކުރައްވައިފައެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.