ދީނީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުމުގައި މުހިއްމު ގިނަ ނިންމުންތަކެއް ނިންމައިފި

ދީނީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުމުގައި މުހިއްމު ގިނަ ނިންމުންތަކެއް ނިންމައިފި

Author
ހުސައިން
17 ސެޕްޓެމްބަރ 2024 11:36
0

މި މަހުގެ 15 ވަނަ ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމެކެވެ. 70 ޖަމްޢިއްޔާއިން 98 މަންދޫބުން ބައިވެރިވި މި ބައްދަލުވުމުގައި ޖަމްޢިއްޔާތަކާއި ގުޅޭ މުހިއްމު ގިނަ ނިންމުންތަކެއް ވަނީ ނިންމާފައެވެ.

އެގޮތުން ޖަމްޢިއްޔާތަކާއި ވުޒާރާއާއި ގުޅިގެން ކަންކަން ކުރުމަށާއި، ދިމާވާ ދަތިތައް ޙައްލު ކުރުމަށް ރާއްޖޭގައި ފާހަގަކޮށްލެވޭ 10 ޖަމްޢިއްޔާއެއް ހިމެނޭހެން ސްޓެރެޓެޖިިކް ކޮމިޓީއެއް ނަގަން ނިންމާފައިވާއިރު، މި ކޮމިޓީގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން ޖަމްޢިއްޔާތަކަށް އިތުރު ތަޖުރިބާ ހޯދައިދިނުމަށް ރާއްޖޭން ބޭރުގެ ދަތުރުތައް ރޭވުމާއި، ޖަމްޢިއްޔާތަކުގެ އެކި މަޝްރޫޢުތަކަށް ވުޒާރާއިން އެހީތެރިވުމަށްވެސް ވަނީ ނިންމާފައެވެ.

ހަމައެއާއެކު ނިންމުނު ބައެއް މުހިއްމު އެހެން ނިންމުންތަކުގެ ތެރޭގައި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ އިސްލާމިކް ސެންޓަރުތަކުގައި ޖަމްޢިއްޔާތަކުގެ ހަރަކާތްތައް ހިންގުމަށް ދިނުމާއި، ވުޒާރާއާއި ޖަމްޢިއްޔާތަކާއި ގުޅިގެން އަތޮޅުތަކުގައި ގިނަ ޕްރޮގުރާމުތަކެއް ހިންގުމާއި ޖަމްއިއްޔާތަކުގެ މަސައްކަތްތައް ފެންނާނެހެން ޖަމްޢިއްޔާތަކުގެ މައުރަޒެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މިއީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދީނީ އިޖުތިމާޢީ ޖަމްޢިއްޔާތަކާއިއެކު އަހަރީ ބައްދަލުވުމެއް ބޭއްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.