މިއީ ޑިމޮކްރަސީއާ ބީރައްޓެހި ސަރުކާރެއް: ޝާހިދު

މިއީ ޑިމޮކްރަސީއާ ބީރައްޓެހި ސަރުކާރެއް: ޝާހިދު

Author
ހުސައިން
15 ސެޕްޓެމްބަރ 2024 07:45
0

މި ސަރުކާރަކީ ޑިމޮކްރަސީއާ އިދިކޮޅު ސަރުކާރެއް ކަމުގައި އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާލުވީ ރައީސް މުއިއްޒުގެ ފަރާތްޕުޅުން ޕީއެންސީގެ މެންބަރުންނަށް ފައިސާ ދިންކަމަށް ބުނާ ވާހަކަތަކެއް ހިމެނޭ "އަދަދު އޮންލައިން" ޑޮކިއުމެންޓްރީގެ މައްސަލަ ރައީސް އޮފީހުން މީޑިއާ ކައުންސިލަށް ހުށަހެޅިކަމުގެ ޚަބަރާ ގުޅިގެންނެވެ.

ޑިމޮކްރަސީ ދުވަސް ފާހަގަކުރަމުންދާ ދުވަހެއްގައި މިފަދަ ޚަބަރެއް އިވުމަކީ ޑިމޮކްރަސީއާ ދުރު ކަމެއްކަމަށާއި، މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުމުގެ ގޮތުން ކުރެވޭ ކަމެއްކަމަށް ޝާހިދު ވިދާޅުވިއެވެ.

އެހެންނަމަވެސް، ރައީސް އޮފީހުން މިކަން ވަނީ ކުރިން ދޮގުކޮށްފައެވެ. އަދި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައިވަނީ މިއީ ފިތުނަ އުފެއްދުމުގެ ބޭނުމުގައި ފަތުރާ ދޮގު ޚަބަރެއްކަމަށާއި، މިކަމާ ގުޅިގެން ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާއި މަޖިލިސް މެންބަރުންނާ ބެހޭގޮތުން ފެތުރޭ ދޮގު ޚަބަރުތަކާމެދު ސަމާލުވުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.