ނޭހާ މި ފަޅާއަރުވާލީ ރޯހަން ޕްރީތުގެ ސިއްރެއް!

ނޭހާ މި ފަޅާއަރުވާލީ ރޯހަން ޕްރީތުގެ ސިއްރެއް!

Author
ފާތިމަތު ނާވީ
27 ޑިސެމްބަރ 2020 04:02
0

ލަވަކިޔުންތެރިޔާ ރޯހަން ޕްރީތު ސިންގްގެ ލަވަ "އެކްސް ކޯލިންގް" ރިލީޒްކޮށްފައިވަނީ ނޭހާ ކައްކަރާ ކައިވެނި ކުރި ދުވަސް ނޫން އަނެއް ދުވަހުއެވެ. ނޭހާ ކައްކަރު މި ވަނީ ލަވައިގެ ފަހަތުގައިވާ ވާހަކަ ފަޅާއަރުވާލާފަ އެވެ.

މި މަހުގެ ކުރީކޮޅު ނޭހާ އަދި ރޯހަން ވަނީ "ދަ ކަޕިލް ޝަރްމާ ޝޯވ" އަށް އައިސްފައެވެ. އަދި ކަޕިލް ރޯހަން ކައިރީގައި އެ ލަވަ އާއިމެދުގައި ސުވާލުކުރުމުން ނޭހާ ވަނީ އެލަވައިގެ ފަހަތުގައިވާ ހަޤީޤަތް ކިޔައިދީފައެވެ. ނޭހާ ބުނެފައިވަނީ ރޯހަން ކުރިން ރައްޓެހިވެގެން އުޅުނު ކުއްޖާ އަންފޮލޯކުރުމަށް ބުނުމުން އަންފޮލޯކޮށްފައި އެކަމަށް ލަވައެއް ހެދީކަމަށެވެ.

ނޭހާ ފަހުން ބުނެފައިވަނީ، އިއްތިފާގުން އެނާގެ މިފަހުން ނިކުތް ލަވަތަކަކީ ރޯހަން އާއި އޭނާގެ ހަޔާތާއި ގުޅޭ ލަވަތަކެއްކަމަށެވެ. މިގޮތުން "ޑައިމަން ދަ ޗައްލާ" އަކީ ލޮކްޑައުންގެ ކައިވެންޏެއް ދައްކުވައިދޭ ލަވައެކެވެ. އަދި "ނޭހޫ ދަ ވިޔާ" އަކީ ރޯހަން އާއި ދިމާވެސް ނުވާއިރު ހަދާފައިވާ ލަވައެއްކަމަށް ނޭހާ ވަނީ ހުވާވެސްކޮށްފައެވެ.

އޮކްޓޫބަރ ގައި "އެކްސް ކޯލިން" މި ލަވައިގެ ކަވާ އިންސްޓަގްރާމުގައި ރުޅިއައިސްފައި އިން އެމޯޖީއަކާއިއެކު ޝެއާކޮށްފައެވެ. އެއާއެކު ރޯހަން ވަނީ މި ޕޯސްޓުގައި އޭނާ އެއްވެސް ކަމެއް ނުކުރަން ކަމަށްބުނެ ކޮމެންޓްކޮށްފައެވެ.

ރޯހަން ޕުރީތް އަދި ނެހާ ކައްކަރު އެންމެ ފުރަތަމަ ބައްދަކުވެފައިވަނީ އޮގަސްޓުމަހު އެދެމީހުންގެ ލަވަ "ނޭހޫ ދަ ވިޔާ" ގެ ޝޫޓިންގ ތެރެއިންނެވެ. ފަހުން މެސެޖުން ވާހަކަ ދައްކަން ފަށައި ނޭހާ ރޯހަން ކައިރީގައި، ބޭނުމީ ކައިވެނިކުރާށޭ ބުނުމުން، ރޯހަން ވަނީ އޭނާ އަދި ކައިވެންޏަކަށް ދާން ނުވިސްނާކަމަށް ބުނެ ވާހަކަދެއްކުން ހުއްޓާލާފަ އެވެ.

ނަމަވެސް އެއްދުވަހަކު ރޯހަން ނޭހާ އާއި ނުލާ ނޫޅެވޭނެ ކަމަށްބުނެ މެސެޖުކުރިކަމަށް ނޭހާ ބުންޏެވެ. ނަމަވެސް އޭރު ރޯހަން ހުރީ ހަމައިގާ ނޫންކަން އެނގޭތީ ހެނދުނުން ހަނދާންނެތޭނެކަމަށް ހީކޮށްގެން ހުރީ ކަމަށްވެސް ނޭހާ ބުންޏެވެ. އޭގެފަހުން ނޭހާ ޗަންދީގަރަށް އެހެން ޝޫޓަކަށް އައުމުން ރޯހަން އޭނާގެ ފަހަތުން އައިސް ބައްދަލުކޮށް މަންމަމެންނާވެސް ބައްދަލުކުރިކަމަށް ނޭހާ ކިޔައިދިނެވެ.

ނޭހާ އާއި ރޯހަން ޕްރީތު ކައިވެނިކޮށްފައިވަނީ އޮކްޓޯބަރ 24 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.