ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މެލޭޝިއާގެ ދެމީހުންގެ ބަންދަށް 30 ދުވަސް ޖަހައިފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މެލޭޝިއާގެ ދެމީހުންގެ ބަންދަށް 30 ދުވަސް ޖަހައިފި

Author
ހުސައިން
05 ސެޕްޓެމްބަރ 2024 09:23
0

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދެ މެލޭޝިއާ ފިރިހެނުންގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ އަދި 41 އަހަރުގެ މެލޭޝިއާ ފިރިހެނުންނެވެ. އިއްޔެ ކޯޓުން ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވަނީ، އެ ދެ މީހުންނާ ދެކޮޅަށް ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ބެލެވޭ އެކަށީގެންވާ މިންވަރެއްގެ ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ.

ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ކަސްޓަމްސް އޮފިސަރުންގެ ބަޔާނާއި، ފުލުހުންގެ ބަޔާނާއި، މޯބައިލް ފޮރެންސިކް ރިޕޯޓާއި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓެވެ. ފުލުހުންގެ ކޮންޓްރޯލް ޑެލިވަރީން އަދި މޯބައިލް ފޯނުން ލިބުނު މަޢުލޫމާތަށް ބަލާއިރު، ފެނިފައިވާ މަސްތުވާތަކެއްޗާއި 41 އަހަރުގެ މީހާއާ ދެމެދު ގުޅުމެއް އޮތްކަން ފާހަގަކުރެވިފައިވެއެވެ.

44 އަހަރުގެ މީހާއަކީ މަސްތުވާތަކެތި އަތުން ފެނުނު ފަރާތްކަމަށް ބެލެވެއެވެ. އޭނާ ކޯޓުގައި ފާހަގަކޮށްފައިވަނީ ވަކީލަކާ ބައްދަލުވެފައި ނުވާކަމަށެވެ. މި މައްސަލައިގެ ތަޙްޤީޤު މިހާރު ކުރިއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.