ޒަމީރު އެކުވެރި ޢަރަބި ޢިމާރާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ޒަމީރު އެކުވެރި ޢަރަބި ޢިމާރާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ޚާރިޖީ ވަޒީރު، މޫސާ ޒަމީރު އެކުވެރި ޢަރަބި ޢިމާރާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ދެ ދުވަހުގެ މި ދަތުރުފުޅުގައި މިނިސްޓަރ ޒަމީރުވަނީ އެކުވެރި ޢަރަބި ޢިމާރާތުގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު ހިޒް ހައިނަސް ޝެއިޚް ޢަބްދުالله ބިން ޒައިދު އަލް ނަޙްޔާންއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް، ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި އައު ދާއިރާތަކުން އެކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އަދި، އެކުވެރި ޢަރަބި ޢިމާރާތުގެ ރައީސް ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނަށް އެޑްރެސްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ސިޓީފުޅެއް، މި ބައްދަލުވުމުގައި ވަޒީރު ޒަމީރުވަނީ ޚާރިޖީ ވަޒީރަށް އަރުވާފައެވެ.

މީގެ އިތުރުން، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭ.ޑީ.އެފް.ޑީ.)ގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ސައިފް އަލް ސުވައިދީއާ ވަޒީރު ޒަމީރުގެ މި ދަތުރުފުޅުގައި ބައްދަލުކުރެއްވިއެވެ. އަދި އެކުވެރި ޢަރަބި ޢިމާރާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ޒިރާޔަތްކުރައްވައި އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރާއި މުވައްޒަފުންނާ ބައްދަލުކުރެއްވިއެވެ.

ވަޒީރު ޒަމީރުގެ އަރިހުގައި އެމްބެސެޑަރ-އެޓް-ލާޖް އަޙުމަދު ނަސީރު؛ ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ހާލާ ޙަމީދު؛ އަދި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *