މިއީ މި ބުރުގައި ސަސް އަށް އެންމެ މުހިއްމު އެއް މެޗު: ނާދު

މިއީ މި ބުރުގައި ސަސް އަށް އެންމެ މުހިއްމު އެއް މެޗު: ނާދު

Author
އިބްރާހީމް ސާޢިދު
25 ޑިސެމްބަރ 2020 01:21
0

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން މިރޭ ޓީސީއާ ދެކޮޅަށް ނުކުންނައިރު މިއީ މި ބުރުގައި ސަސް އަށް އެންމެ މުހިއްމުވާނެ އެއް މެޗު ކަމަށް އެ ޓީމުން ދެކޭކަމަށް ސަސްގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނެފިއެވެ.

ނާދު ބުނީ މެޗަކަށް ފަހު މެޗެއް ސަސްގެ ކުޅުން ރަނގަޅުވާ އެންމެ ބޮޑު ސަބަބަކީ ޕްރެކްޓިހުގައި ކުރާ މަސައްކަތް މެޗުތަކުގައި ތަކުރާރުކުރުމުގެ އިތުރުން ކޯޗު ބުނާ ގޮތަށް ޓީމެއްގެ ގޮތުގައި ކުޅުންތެރިން ކުރާ މަސައްކަތް ކަމަށެވެ. ސަސްގެ ބިދޭސީ ކުޅުންތެރިންގެ ކުޅުން ވަރަށް ރަނގަޅު ކަމަށާއި އެ ޓީމުގެ އުޒްބެކިސްތާން ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް އަކީ ރާއްޖޭގައި މި ވަގުތު ކުޅޭ އެންމެ މޮޅު އެއް ގޯލްކީޕަރު ކަމަށް އޭނާ ވަނީ ބުނެފައެވެ.

މެޗަށް ތައްޔާރުވާއިރު ޓީސީގައި އޮތީ ޒުވާން ޓީމެއްގެ ގޮތުގައި ނުދެކޭނެ ކަމަށާއި ވިސްނާނީ ޓީސީ އަކީ ފުރަތަމަ ޑިވިޝަނުގައި ސަސް އަށް ވުރެން ދޮށި ޓީމެއްގެ ގޮތުގައި ކަމަށް ނާދު ވަނީ ބުނެފައެވެ.

ފުރަތަމަ ޑިވިޝަނުގައި ކުޅެފައި އޮތީމަ ޓީސީ އަށް އާ ކަމަކަށް ނުވާނެ ސަސް އަށް ވިޔަކަސް. ސަސް އިން ކުޅުންތެރިންތަކެއް އެކިތަންތަނުން ހޯދައިގެން ޓީމެއް ހެދީ. ކުރިން ވެސް ޓީސީގައި ޓީމެއް އޮންނާނެ ޓޮޕް ޑިވިޝަނުގައި އޮތީމަ.

– ނާދު ބުނެފައިވެއެވެ.

ސަސް ކުޅުނު ފުރަތަމަ މެޗުން އީގަލްސް އަތުން 1-0 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ދަ ގްރާންޑޭއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.