ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯން ސާފުކުރުމަށް އެ ސަރަހައްދުގެ ހުރިހާ މަގެއްގައި ޕާކްކޮށްފައިވާ ވެހިކަލްތައް ނަގަން ފުލުހުން އަންގައިފި އެވެ. ހުޅުމާލެ އިންޑަސްޓްރިއަލް ޒޯން ހިމެނޭ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންނެެވެ.
ފުލުހުން މިހާރު ވަނީ އިންޑަސްޓްރިއަލް ޒޯންގެ ނުވަ މަގަކުން ހުރިހާ ވެހިކަލްތައް ނަގަން އަންގާފަ އެވެ. އެ ސަރަހައްދުގައި ހުރި ވެހިކަލްތައް މިރޭ 11:00 ގެ ކުރިން ނެގުމަށްވެސް ވަނީ އަންގާފައިވެ އެވެ.
ހުޅުމާލެ އިންޑަސްޓްރިއަލް ޒޯންގައި ގިނަ އަދަދެއްގެ ވެހިކަލް ޕާކްކޮށްފައި އެބަހުއްޓެވެ. މީގެ ތެރޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައްވެސް ހިމެނެ އެވެ.
ކޮމެންޓު ފޮނުވާ