ހުޅުމާލޭގައި ވެލްޑިންގ މަސައްކަތްކުރަމުންދިޔަ ތަނެއްގައި ރޯވެއްޖެ

ހުޅުމާލޭގައި ވެލްޑިންގ މަސައްކަތްކުރަމުންދިޔަ ތަނެއްގައި ރޯވެއްޖެ

Author
ޙަސަން މުޙައްމަދު
26 އޮގަސްޓް 2024 06:34
0

ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ސައިޓެއްގައި އަލިފާން ރޯވުމުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ފުރަތަމަ ދިން މަޢުލޫމާތުގައި އަލިފާން ރޯވެފައިވަނީ ރެނާޓަސް ސައިޓުގައި ހުރި އާރުއޯ ޕްލާންޓެއްގައި ކަމަށް ބުނިނަމަވެސް، ފަހުން އެ އިދާރާއިން މަޢުލޫމާތު އިސްލާހުކޮށް، އަލިފާން ރޯވީ ވެލްޑިންގ މަސައްކަތެއް ކުރަމުންދަނިކޮށް ކަމަށް ހާމަކޮށްފައިވެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނެފައިވާ ގޮތުގައި، ރޯވި އަލިފާންގަނޑު ވަނީ ވަށައިގެން ހުރި ގުދަނަކަށްވެސް ފެތުރިފައެވެ. އެހެންނަމަވެސް، ފަޔަރ ފައިޓަރުންގެ މަސައްކަތުން އަލިފާންގަނޑު މިހާރު ވަނީ މުޅިން ނިއްވާލެވިފައެވެ.

އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަންވެސް އެމްއެންޑީއެފުން ކަށަވަރުކޮށްދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.