ގަލް ގެޑޮޓްގެ ޝުކުރު ރިތިކަށް!

ގަލް ގެޑޮޓްގެ ޝުކުރު ރިތިކަށް!

Author
ފާތިމަތު ނާވީ
25 ޑިސެމްބަރ 2020 04:37
0

ހޮލީވުޑްގެ އެކްޓަރ ގަލް ގެޑޮޓް، އޭނާގެ ފިލްމު "ވޮންޑާ ވުމަން 1984″ ބެލުމުން، ބޮލީވުޑްގެ އެކްޓަރ ރިތިކް ރޯޝަންއަށް ޝުކުރުއަދާކޮށްފި އެވެ. ރިތިކް ވަނީ ތިއޭޓަރުގައި އޭނާ އެ ފިލްމު ބަލައިން ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

މި ފޮޓޯތައް ޓުވިޓާގައި ހިއްސާކުރަމުން ރިތިކް ލިޔެފައިވަނީ "ވޮންޑާ ވުމަން" ބަލާ ނިންމާލީ ކަމަށާއި އެއީ އޭނާގެ ކުޑައިރުގެ ކްރަޝް ކަމަށެވެ. އަދި ފުރަތަމަ ލޮތްބަލީ ފިލްމްތައް ކަމަށްވެސް ރިތިކް ލިޔެފައިވެއެވެ. އެހެންކަމުން ފުރަތަމަ ކްރަޝްއާއި ލޯބި އައިމެކްސ،ް ބޮޑު ސިނަމާގައި ބަލާލަން ލިބުމަށްވުރެ ފުރިހަމަ ތަޖުރިބާއެއް ނުލިބޭނެ ކަމަށެވެ. އަދި ވޮންޑާ ވުމަންގެ ޓީމަށް މަރުހަބާކިޔާފައި ވެއެވެ. މިތަނުންއެއް ފޮޓޯގައި ގަލް ފެނިގެންދަނީ، ޑިއާނާ ޕްރިންސްގެ ގޮތުގައެވެ. އަދި އަނެއް ފޮޓޯއަކީ ފިލްމުގެ ޓައިޓަލް ކާޑެވެ.

މި ޓްވީޓަށް ރައްދުދެމުން ގަލް ގެޑޮޓް ބުނެފައިވަނީ ފިލްމު ކަމުދިޔުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި އުފާވެރި ޗުއްޓީއަކަށް އެދެން ކަމަށެވެ. މި ޓުވީޓު ފެނުމުން ރިތިކްގެ ފޭނުންވެސް ވަނީ އެދެމީހުން އެކުގައި ފިލްމަކުން ފެނުމަށް ބޭނުންވާކަމަށާއި، ދެން ފިލްމަކުން ފެންނާނީ ކޮންދުވަހަކުން ތޯ ސުވާލުކޮށްފަ އެވެ.

ބުދަ ދުވަހުގެ ވަގުތެއްގައި ރިތިކްވަނީ އޭނާގެ ދަރިންނާއި ކުރީގެ އަނބިމީހާ ސުޒޭން އާއެކު ސިނަމާ ހޯލްގައި ފިލްމު ބަލާތަނުގެ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. ތިރިކް ބުނަނީ "ގެ އަކީ އަދި އޭނާގެ ހިތް އޮންނަ ތަނަކީ އަބަދުވެސް ސިނަމާ" ކަމަށެވެ. އެހެންކަމުން ސިނަމާތައް ހުޅެވުމުން  "ވޮންޑާ ވުމަން 84″ ބަލަނީ ކަމަށް ރިތިކް ލިޔެފައި ވެއެވެ. މީގެ އިތުރުން ރިތިކް ވަނީ އިނގިރޭސި ފިލްމް "ޓެނެޓް" ބަލައި، ބޮލީވުޑްގެ ތަރި ޑިންޕަލް ކަޕާޑިއާގެ މަސައްކަތަށްވެސް ތަޢުރީފުކޮށްފަ އެވެ.

ރިތިކް ރޯޝަން އޭނާގެ ދެން ނިކުންނަ ފިލްމާއި ބެހޭގޮތުން އެއްޗެކޭ ބުނެފައި ނުވާއިރު، ރިޕޯޓުތައް ބުނާގޮތުގައި ރިތިކް މިހާރު މަސައްކަތް ކުރަމުންދަނީ ފިލްމް "ކްރިޝް 4″ ގައި އޭނާގެ ބައްޕަ ރާކޭޝް ރޯޝަނާއެކުއެވެ. މިއީ ރިތިކް ސުޕަރ ހީރޯއެއްގެ ރޯލުކުޅޭ ފިލްމް ސީރީޒެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.