މޫސުމާ ބެހޭ ޤައުމީ އިދާރާއިން އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ދަމަހައްޓައިފިއެވެ.
މިއަދުވެސް އުތުރު އަތޮޅުތަކުގައި މޫސުން ގޯސްވުމުގެ އިންޒާރު ދެމިއޮތުމާއެކު، މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ރައްޔިތުންނަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ހއ އަތޮޅުން ފެށިގެން އދ އަތޮޅާ ހަމައަށް ރީނދޫ ސަމާލުކަން ނެރެފައިވާއިރު، މި ސަރަހައްދުގައި ގަޑިއަކު 25-30 މޭލުގެ ބާރުމިނުގައި ވައިޖެހި، ވިއްސާރައިގެ ތެރޭގައި ވައިގެ ބާރުމިން ގަޑިއަކު 50 މޭލަށް އަރައި، ކަނޑު ބޮޑަށް ގަދަވާނެ ކަމަށްވެސް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައި ވެއެވެ. އަދި ބައެއް ރަށްތަކަށް އުދައެރުމުގެ ފުރުސަތު އޮތްކަމަށްވެސް އެ އިދާރާއިން ވަނީ އަންގާފައެވެ.
އިއްޔެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ގެދޮރާއި ވިޔަފާރިތަކަށް ގެއްލުން ލިބިފައިވާއިރު، މޫސުމުގެ ނުރައްކާތެރިކަމަށް ރިއާޔަތްކޮށް މިއަދު ސަރުކާރު ބަންދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މި ހާލަތުގައި ރައްޔިތުން މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިދާރާތަކުން އިލްތިމާސްކުރެއެވެ.
ކޮމެންޓު ފޮނުވާ