ވިނަރެސް ފްލްޓްތަކަށް ކޮންމެ މީހަކަށްވެސް އެޕްލައި ކުރެވޭ ކަމަށްބުނެ މެސެޖް ފަތުރަމުންދާތީ ސަމާލުވާން އެދިއްޖެ!

ވިނަރެސް ފްލްޓްތަކަށް ކޮންމެ މީހަކަށްވެސް އެޕްލައި ކުރެވޭ ކަމަށްބުނެ މެސެޖް ފަތުރަމުންދާތީ ސަމާލުވާން އެދިއްޖެ!

Author
ހުސައިން
04 އޮގަސްޓް 2024 06:01
0

ވިނަރެސް ފްލެޓަށް ކޮންމެ މީހަކަށްވެސް ކުރިމަތިލެވޭނެ ކަމަށް ބުނެ ސްކޭމް މެސެޖެއް ދައުރުކުރަން ފަށާފަިވާތީ ސަމާލުވުމަށް ފުލުހުން މިއަދު ވަނީ އާންމުންނަށް އަންގާފައެވެ.

ފުލުހުން ބުނީ، ވިނަރެސް ފްލެޓްތަކަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އިތުރު މައުލޫމާތު ވެބްސައިޓުން ލިބޭނެކަމަށް ބުނެ ލިންކަކާއެކު ފޮނުވަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށެވެ.

މީގެ އިތުރުން، ފުލުހުން ވަނީ މި ލިންކް މެދުވެރިކޮށް ފޭސްބުކް އަދި އިންސްޓަގްރާމް ހެކްކޮށް ފްރެންޑް ލިސްޓުގައިވާ ފަރާތްތަކުގެ އަތުން ފައިސާ ހޯދަމުންދާކަމަށް ފާހަގަކުރެވިފައިވާ ކަމަށް ބުނެފައެވެ.

މި ސަބަބަށްޓަކައި، ފުލުހުން ވަނީ މިފަދަ ލިންކުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި މިފަދަ މެސެޖެއް ލިބިއްޖެނަމަ، އެކަން ވަގުތުން ފުލުހުންނަށް އަންގައިދިނުމަށްވެސް އެދިފައިވެއެވެ.

ފުލުހުން މި މައްސަލަ ބަލަމުންދާ ކަމަށާއި، މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އާންމުން ސަމާލުވާންޖެހޭ ކަމަށް ވަނީ އިންޒާރުދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.