"ކޯޓޭޝަން ގޭންގް" އަޅުވާ ތާރީހް އިއުލާން ކޮށްފި

"ކޯޓޭޝަން ގޭންގް" އަޅުވާ ތާރީހް އިއުލާން ކޮށްފި

Author
ފާތިމަތު ނާވީ
31 ޖުލައި 2024 09:41
0

އަބަދުވެސް ވަރަށް ބޯލްޑް ރޯލުތަކުން ފެންނަ ސަނީ ލިއޯން މުޅިން އައު ގޮތަކަށް ފެނިގެންދާ ފިލްމް "ކޯޓޭޝަން ގޭންގް" އަށް ތާރީހެއް ލިބިއްޖެއެވެ.

މި ފިލްމް އެޅުވުމަށް މިހާރު ތާވަލު ކޮށްފައިވަނީ އަންނަ މަހުގެ 30 ވަނަ ދުވަހުގައިއެވެ. "ކޯޓޭޝަން ގޭންގް" ސަނީ ކުޅެފައި ވަނީ ކޮންޓްރެކްޓް ސީރިއަލް ކިލާއެއްގެ ރޯލެވެ. މިހާރު ވަނީ މި ފިލްމްގެ ބައެއް ޕޯސްޓަރު ތަށް ވެސް އާންމު ކޮށްފައިއެވެ.

މި ޕޯސްޓަރު ތަކުން ސަނީ ފެނިގެން ދަނީ ވަރަށް ތަފާތު ގޮތަކަށެވެ. އެހެން ކަމުން ފިލްމް ތަފާތު ވެގެންދާނެ ކަން ޕޯސްޓަރު ތަކުން ވެސް ހާމަވެއެވެ. ހަމަ އެއާއި އެކުގައި މީ ފިލްމްގެ ޝޫޓިންގ ގެ ތެރެއިން ވެސް ސަނީ ވަނީ ބައެއް ވީޑިއޯ ތަށް ވެސް އާންމުކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Sunny Leone (@sunnyleone)

ކްރައިމް ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "ކޯޓޭޝަން ގޭންގް" ގެ ކާސްޓްގައި ޕްރިޔަމަނީ އާއި ޖެކީ ޝްރޮފް ވެސް ހިމެނެ އެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ވިވެކް ކުމާރު ކަންނާން އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.