"ބާގީ 4″ ގެ ޝޫޓިން އަށް ތައްޔާރު ވަނީ

"ބާގީ 4″ ގެ ޝޫޓިން އަށް ތައްޔާރު ވަނީ

Author
ފާތިމަތު ނާވީ
29 ޖުލައި 2024 04:02
0

ޒުވާން އެކްޓަރު ޓައިގާ ޝްރޯފްގެ މިހާތަނަށް ނިކުތް އެންމެ ވަރުގަދަ އެއް ފިލްމް ކަމުގައިވާ "ބާގީ" ސިލްސިލާގެ ހަތަރު ވަނަ ފިލްމް ކަމުގައިވާ "ބާގީ 4″ ގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފަށަން ޕްލޭންކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެެވެ.

"ބާގީ" ފްރެންޗައިޒް އަކީ ޓައިގާގެ އެންމެ ކާމިޔާބު އެއް ފްރެންޗައިޒް އެވެ. އެގޮތުން މިހާތަނަށް ނިކުތް މި ފްރެންޗައިޒްގެ 3 ފިލްމަކީވެސް ބްލޮކްބަސްޓާ 3 ފިލްމެވެ. ރިޕޯޓުތައް ބުނާ ގޮތުން "ބާގީ 4″ ގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އަދި ޝޫޓިންގެ ފަހުގެ ތައްޔާރީތަށް ވަމުން އަންނަ ކަމަށްވެސް ރިޕޯޓްތަށް ބުނެއެވެ.

"ބާގީ 4″ ހަދަން ނިންމިކަން އިއުލާންކުރީ އެމެޒޯން ޕްރައިމް ވީޑިއޯއާ ގުޅިގެން ގެނެސްދޭން ހުރި އިންޑިއާގެ އާ ކޮންޓެންޓްތައް އިއުލާންކުރަން މާޗް މަހުގެ ތެރޭގައި ބޭއްވި އިވެންޓްގަ އެވެ.

 

View this post on Instagram

 

A post shared by Tiger Shroff (@tigerjackieshroff)

 

ޓައިގާގެ އެންމެ ފަހުގެ ފިލްމަކީ އެޕްރީލްގައި ރިލީޒްކުރި "ބަޅޭ މިޔާ ޗޯޓޭ މިޔާ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.