ހުޅުމާލެ ފޭސް 2 ގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނީ ރޭ 22:20 ހާއިރު ހުޅުމާލެ ފޭސް 2 ގައި ހިނގު މި އެކްސިޑެންޓު ހިނގާފައިވަނީ ކާރަކާއި ސައިކަލެއް މުޑިއަރައިގެން ކަމަށާއި، އެމައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓުގައި އަނިޔާވި އެކަކަށް ހުޅުމާލޭ ހޮސްޕިޓަލުން ވަނީ ފަރުވާ ދީފައެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން މީހާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ފުލުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ