ރައީސް މުއިއްޒުއަކީ، އަނިޔާއާއި ލާއިންސާނީ ކަންކަން ދުނިޔޭގެ އެއްވެސް ތާކު އޮންނަން ބޭނުންވާ ބޭފުޅެއް ނޫންކަމުގައި އާދަމް ނަސީރު ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އާދަމް ނަސީރު މިހެން ވިދާޅުވީ މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން އާމްދަ ނަސީރު ވިދާޅުވީ ރައީސް މުއިއްޒުއަކީ އެއްވެސް ތާކު އަނިޔާއާއި ލާއިންސާނީ ކަންކަން ދެމި އޮންނަން ބޭނުންފުޅުނުވާ ބޭފުޅެއް ނޫކަން ޔަގީންވަނީ ފަލަސްޠީނުގެ މުސްލިމުންނަށް ދެމުންގެންދާ ލާއިންސާނީ ޙަމާލަތަކާ ދެކޮޅަށް އަޑުއުފުއްލަވާ، މި މައްސަލައާމެދު އެމަނިކުފާނު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުން ކަމުގައެވެ.
"ރައީސް މުޢިއްޒަކީ އަނިޔާއާއި ލާއިންސާނީ ކަންކަން ދުނިޔޭގެ އެއްވެސް ތާކު އޮންނަން ބޭނުންވާ ބޭފުޅެއް ނޫން. މިކަން ދޭހަވަނީ ފަލަސްޠީނުގެ މުސްލިމުންނަށް ދެމުންގެންދާ ލާއިންސާނީ ޙަމާލަތަކާ ދެކޮޅަށް އަޑުއުފުއްލަވާ، މި މައްސަލައާމެދު އެމަނިކުފާނު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު.
މިނިސްޓަރ އާދަމް ނަސީރު ވިދާޅުވިއެވެ.
ދިވެހި ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަނީ އިނގިރޭސީންގެ ޙިމާޔަތުން ރާއްޖެއަށް މިނިވަންކަން ލިބުނު މުނާސަބާ ފާހަގަ ކުރުމުގެ ގޮތުންނެވެ. ރާއްޖެ މިނިވަންވީ އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު މިނިވަންކަމުގެ އެއްބަސްވުމަކާއެކުއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ.
މިއަދު ދިވެހިރާއްޖޭގައި ފާހަގަކުރަމުންދަނީ ރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މިނާސަބާއެވެ.