"ޖާނަމް ތޭރީ ގަސަމް" އިއުލާން ކޮށްފި

"ޖާނަމް ތޭރީ ގަސަމް" އިއުލާން ކޮށްފި

Author
ފާތިމަތު ނާވީ
26 ޖުލައި 2024 02:56
0

ބޮލީވުޑްގެ މަޝްހޫރު ލަވަކިއުން ތެރިއާ ހިމޭޝް ރޭޝްމިޔަ ޕްރޮޑިއުސް ކުރާ ފިލްމް އެއް އިއުލާން ކޮށްފިއެވެ.

"އެންމެ ހިތްދަތި ލޯބީގެ ވާހަކަ" ކިޔައިދޭ ފިލްމުގެ ގޮތުގައި އޭނާ އިއުލާން ކުރި ފިލްމް ގެ ނަމަކީ "ޖާނަމް ތޭރީ ގަސަމް"އެވެ. މި ފިލްމްގެ ކުރު ޓީޒާ އާއި އެކުގައި ފިލްމް އިއުލާން ކުރި ނަމަވެސް މި ޓިޒާ ކޮޅުން މާބޮޑު އެއްޗެއް އޮޅުމެއް ނުފިލައެވެ.

ހިމޭޝް ރޭޝަމިއާ ޕްރޮޑިއުސްކުރާ މި ފިލްމް އަކީ އޭނަ މިއުޒިކް ވެސް ހަދައި އަދި ލަވަތަކުން ހިމޭޝްގެ އަޑު ވެސް އިވިގެން ދާނެ ފިލްމް އެކެވެ. "ޖާނަމް ތޭރީ ގަސަމް" ގެ ޑައިރެކްޓަރުންނަކީ ރާދިކާ ރާއޯ އާއި ވިނޭ ސަޕްރޫ އެވެ.

 

View this post on Instagram

 

A post shared by Himesh Reshammiya (@realhimesh)

މުޅިން ޒުވާން އަދި އައު ކާސްޓަކާއި އެކުގައި ގެނެސްދޭ މި ފިލްމް އަކީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގައި ރިލީޒް ކުރުމަށް އަމާޒު ހިފައިފައިވާ ފިލްމްއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.