"ކޭލް ކޭލް މޭ" އަންނަ މަހުގެ 15 ގައި

"ކޭލް ކޭލް މޭ" އަންނަ މަހުގެ 15 ގައި

Author
ފާތިމަތު ނާވީ
25 ޖުލައި 2024 11:22
0

ދެ ފަހަރެއްގެ މަތިން ރިލީޒް ކުރާ ދުވަސް ބަދަލު ކޮށްފައިވާ ބޮޑު ކާސްޓެއް ހިމެނޭ ފިލްމް "ކޭލް ކޭލް މޭ" އަންނަ މަހުގެ 15 ގައި ރިލީޒް ކުރުމަށް ތާވަލު ކޮށްފިއެވެ.

އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ އަކްޝޭ ކުމާރުގެ ކޮމެޑީ ފިލްމު "ކޭލް ކޭލް މޭ" ގެ މޯޝަން ޕޯސްޓަރު އާންމު ކޮށްފައިވާ އިރުގައި މި ފިލްމް އަކީ ގިނަ އަދަދެއްގެ ތަރިންތަކެއް ފެނިގެންދާނެ ފިލްމްއެކެވެ.

"ކޭލް ކޭލް މޭ" ގެ ކާސްޓްގައި ވާނީ ކަޕޫރް، ފަރުދީން ޚާން، ތާޕްސީ ޕައްނޫ، އަދިތިޔާ ސީލް، ޕްރަގިއާ ޖެއިސްވާލްގެ އިތުރުން ހުކުރު ދުވަހު ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ރޮމޭކްޓިކް ކޮމެޑީގެ ރޯލެއް ކުޅެފައިވާ އައްމީ ވާކް ވެސް ހިމެނެ އެވެ.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

މި މަހުގެ 15 ގައި "ކޭލް ކޭލް މޭ" ސިނަމާތަކަށް ގެންނަ އިރު، އެ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރޭގައި ޝްރަދާ ކަޕޫރްގެ "އިސްތިރީ 2″ އާއި ޖޯން އަބްރަހަމްގެ "ވޭދާ" ވެސް ހިމެނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން "އިސްތިރީ 2″ ގެ ހާއްސަ ފެނިލުމެއްގައި ވެސް އަކްޝޭ ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.