"ކަމަނާ" ގެ ޓްރެއިލާ 22 ގައި

"ކަމަނާ" ގެ ޓްރެއިލާ 22 ގައި

Author
ފާތިމަތު ނާވީ
20 ޖުލައި 2024 06:51
0

އުންމީދީ ފިލްމް "ކަމަނާ" ގެ ޓްރެއިލާ މި މަހުގެ 22 ގައި އާންމު ކުރަން ނިންމައިފި އެވެ.

ވަކި ވަކިން ތަރިންގެ ޕޯސްޓަރު ތަކާއި ނަންތަށް ވެސް މިހާރު ދައްކައިލައިފައިވާ މި ފިލްމް އަކީ އަންނަ މަހުގައި އޮލިމްޕަހުގައި އެޅުވުމަށް އަމާޒު ހިފައިފައިވާ ފިލްމްއެކެވެ.

 

View this post on Instagram

 

A post shared by KAMANAA (@kamanaa_film)

ގެވެށި އަނިޔާގެ ޝިކާރައަކަށްވި ޒުވާން އަންހެނެއްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ހަގީގީ ވާހަކައަކަށް އުފައްދާފައިވާ މި ފިލްމު އޮލިމްޕަސް ގައި އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހުގައިއެވެ.  "ކަމަނާ" އަކީ މަހުދީގެ ސްކްރީންޕްލޭއަކަށް ހުސައިން ޑައިރެކްޓްކުރި ތިން ވަނަ ފިލްމެވެ. އަނެއް ދެ ފިލްމަކީ 2011 ގެ "ސަޒާ" އާއި 2013 ގެ "ދިލަކަނި" އެވެ.

 

View this post on Instagram

 

A post shared by KAMANAA (@kamanaa_film)

"ކަމަނާ" ގެ މައިގަނޑު ކާސްޓްގައި ހިމެނެނީ މަރިޔަމް އައްޒަ އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ އިތުރުން އައިމިނަތު ރަޝްފާ (އާޝާ) އެވެ. އިތުރު ކާސްޓުންގެ ތެރޭގައި މުހައްމަދު މަނިކު، އަހުމަދު ނިމާލު، މުހައްމަދ ރަޝީދު (ދަރާ) އަދި ނަތާޝާ ޖަލީލު ހިމެނެ އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމަކީ "ހައްދު" އާއި "ވިޝްކާ" ފަދަ މަގުބޫލު ފިލްމުތަކުގެ ސްކްރީން ރައިޓަރު މަހުދީ އަހުމަދު އަހުމަދުގެ ސްކްރީންޕްލޭއަށް ހުސައިން މުނައްވަރު (ހުސައިން ކިޑް) ޑައިރެކްޓްކޮށްފައިވާ އަސަރު ގަދަ ލޯބީގެ ވާހަކައެއްގެ ތެރެއިން ގެވެށިއަނިޔާގެ ހިތްދަތި ހާދިސާތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.