މަޖިލީހުން ކަރަންޓު ކެނޑުމުން މިއަދުގެ ޖަލްސާ ނިންމާލައިފި

މަޖިލީހުން ކަރަންޓު ކެނޑުމުން މިއަދުގެ ޖަލްސާ ނިންމާލައިފި

Author
އަހުމަދު
17 ޖުލައި 2024 03:54
0

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަރަންޓު ކެނޑުމުގެ ސަބަބުން މަޖިލިހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.

ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ހުށަހަޅުއްވާފައިވާ ޖިނާއީ އިޖުރާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދަނިކޮށް މަޖިލިހުން ކަރަންޓު ކެނޑިފައި ވަނީ މިއަދު މެންދުރު ފަހު 1:20 ހާއިރެވެ.

ކަރަންޓް ކެނޑުމުން ލައިވް ފީޑް ކެނޑި މަޖިލީހުގެ މަސައްކަތްތައް ވެސް ހުއްޓުނެވެ.

ކަރަންޓް ކެނޑިފައި އޮންނަތާ 10 ވަރަކަށް މިނެޓު ފަހުން އަލުން ކަރަންޓް ލިބުނީ ބެކަޕް ޖަނަރޭޓަރުގެ ބޭނުން ކޮށްގެންނެވެ. ނަމަވެސް މަޖިލީހުގެ ޗެމްބަރަށް އެކަނި ކަރަންޓް ލިބޭ ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމަބަރު އަހުމަދު ނާޒިމު ވަނީ މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވި ކަން އިއުލާން ކުރައްވައިފައެވެ.

މަޖިލީހުގެ ކޮމިޓީތައް ބާއްވާ ކޮޓަރިތަކުން ވެސް ކަރަންޓް ކެނޑިގެން ދިޔައިރު، ކޮމިޓީ މަސައްކަތްތައް ވެސް ވަނީ ހުއްޓިފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.