ސްކޭމްތަކާ ގުޅިގެން ކަމާބެހޭ އިދާރާތައް ކޮމިޓީއަށް ގެންނަނީ

ސްކޭމްތަކާ ގުޅިގެން ކަމާބެހޭ އިދާރާތައް ކޮމިޓީއަށް ގެންނަނީ

Author
އަހުމަދު
16 ޖުލައި 2024 11:43
0

ރާއްޖޭގައި ފަހަކަށް އައިސް ސްކޭމްގެ މައްސަލަތައް އިތުރުވެފައިވާތީ ކަމާ ގުޅޭ އިދާރާތައް ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީ އަށް ހާޒިރު ކުރުމަށް އެ ކޮމިޓީން ނިންމައިފިއެވެ.

ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓުތަކުން ވެރިފަރާތަށް ނޭނގި ފައިސާ ކެނޑެމުންދާ މައްސަލަ މިދިޔަ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބަލައި ނިންމާފައިވާ ގޮތުގެ ރިޕޯޓާ މެދުގައި ކޮމިޓީ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. އެ މައްސަލަ ބެލުމަށް، މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ބީއެމްއެލްއާ އެކު ފުލުހުންނާއި ކަރެކްޝަންސް އަދި އެމްއެމްއޭގެ އިސްވެރިން ހާޒިރުކުރު ކުރުމަށް ހުށަހެޅުއްވީ ކޮމެޓީގެ މުގައްރަރި އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.

ކޮމިޓީން ވަނީ އެގޮތަށް ނިންމައި، އެ އިދާރާތަކަށް ސިޓީ ފޮނުވަން ނިންމައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.