ހުޅުމާލެ ކައިރިއަށް ޑައިވިނަށް ދިޔަ މީހަކު މަރުވެއްޖެ

ހުޅުމާލެ ކައިރިއަށް ޑައިވިނަށް ދިޔަ މީހަކު މަރުވެއްޖެ

Author
އަހުމަދު
12 ޖުލައި 2024 05:57
0

ހުޅުމާލެ ކައިރިން ޑައިވިނަށް ގޮސް އުޅުނު މީހަކު މިއަދު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ހެނދުނު 11 ޖަހާކަން ހާއިރު، ހުޅުމާލެ މޫދުގައި ޑައިވިންއަށް ގޮސް އުޅުނު މީހަކު ގެނބިގެން މަރުވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މަރުވެފައި ވަނީ އުމުރުން 55 އަހަރުގެ ތައިލެންޑް އަންހެނެކެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.