ސިޔާސީ މަގާމްތަކަށް އަދަދު ހާމަކުރުމަށް ގޮވާލާ ގަރާރު ބޭރުކޮށްލީ ސިޔާސީ މަގާމްތަކު އަދަދު ނުތަކާ ވަރަށް ދިއުމުން ކަމުގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްލާއިމް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ސިޔާސީ މަގާމުތަކަށް ނަގާފައިވާ މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައަށް ހޭދަކުރާ އަދަދު ހާމަކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބަލައި ނުގަނެ މަޖިލީހުން ތަޅުމުން ބޭރުކޮށްލުމާއި ގުޅިގެން ފައްޔާޒު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ މަގާމްތަކަށް އައްޔަންކޮށްފައިތިބި މީހުންގެ އަދަދު މިސަރުކާރުން ވަންހަނާކުރާތީ، އެމްޕީ މީކާއީލް ނަސީމު މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލީ ރިޔާސީ އިންތިހާބުގައިވީ ވައުދާ ހިލާފަށް، ސިޔާސީ މަގާމްތަކުގެ އަދަދު އިތުރުވެ ދައުލަތުގެ ހަރަދު ނުތަކާ ވަރަށް ދިއުމުން ކަމުގައެވެ.
ގައުމުގެ އިގްތިސާދު މިދާ މިސްރާބަކީ އިގްތިސާދު މެނޭޖުކުރަން މިސަރުކާރަށް ނޭނގި ރައްޔިތުންނަށް ކަންކަން އޮޅުވާލާ ދޮގުހެދުމުގެ ސަބަބުން ކުރިމަތިވާ ކަމެއް. ހާމަނުކުރާނެ އެއްވެސް ކަމެއްނޯންނާނެކަމަށް ވައުދުވީ.
ފައްޔާޒުގެ އެކްސް ޕޯސްޓުގައި ވިދާޅުވިއެވެ.
މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި މި މައްސަލަ ވެއްދީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކައިލް ނަސީމް އެވެ. މި މައްސަލަ މަޖިލީހަށް ހުށައަޅުއްވަމުން މެމްބަރު ވަނީ މި މައްސަލައިގައި ހުށައެޅި މައުލޫމާތު ރައްޔިތުންނަށް ހާމަކުރަން ސަރުކާރަށް މަޖުބޫރުކަންވެސް ހާމަކުރައްވާފައެވެ.
މީހާއިލް ހުށަހެޅި މި މައްސަލައަށް ބަހުސް ކުރަން ފާސްވެފައި ނުވާއިރު މި މައްސަލަ އަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދީފައިވަނީ 11 މެމްބަރުންނެވެ. އަދި ބަހުސް ކުރަން ނުފެންނަ ކަމަށް 56 މެމްބަރުން ވޯޓު ދީފައިވެއެވެ.
މި މައްސަލަ ހުށައަޅަމުން ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ ސިޔާސީ މަަގާމުތަކަށް އައްޔަންކޮށްފައިވާ ރަސްމީ އަދަދު ސާފުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުން މާލިއްޔަތު ކޮމިޓީން މިނިސްޓްރީ އޮފް ފިނޭންސްގެ އަރިހުން އެދެމުން ވެސް އެ މައުލޫމާތު އެ ކޮމިޓީއަށް ވެސް ފޯރުކޮށްދީފައި ނުވާކަމަށެވެ.